Dhiggaru Online
News and information regarding Meemu Atoll Dhiggaru
އަތޮޅު ގުރުއާން މުބާރާތުން ދިއްގަރު، ފަނޑުވުމެއް ނެތް ރަންވަނަ
އަތޮޅު ގުރްއާން މުބާރާތުން ދިއްގަރު ސްކޫލުގެ ފަނޑުވުމެއް ނެތް ރަންވަނަ: މިއީ އެއް ވަނަ ހޯދި 23 ވަނަ ފަހަރު އަތޮޅުގެ ރަށްތަކުގެމެދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގުުރްއާން މުބާރާތަކީ ވާދަވެރި އަދި ސްކޫލްތަކުގެ މެދުގައި ޝައުގުވެރި މުބާރާތެކެވެ. ގައުމީ މުބާރާތ...
ٱلْحَمْدُ لِلَّٰهِ
25 މުބާރާތް - 23 ފަހަރު 1 ވަނަ
ސާބަހޭ ދިއްގަރު ޤުރުއާން ޓީމް. 💙
ފޮޓޯ: އިސްމައިލް މާހިދު
#ސަމާލުކަމަށް
މ. ދިއްގަރު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރ އަށް T F M Sports Club ގެ ފަރާތުން މާސްކް އަދި ސެނިޓައިޒަރ ވަނީ ހަދިޔާކޮއްފައި .
މި ކްލަބަށް މ. ދިއްގަރު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރގެ ފަރާތުން ޝުކުރު އަދާކުރަން.
#ދިއްގަރު_ކޮވިޑް19_އަދާހަމަ
ދިއްގަރު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ހިއްސާ ކޮށްފައިވާ ހޮޓާ / ކެފޭ އަދި ފިހާރައިގެ މައުލޫމާތު އަދި 29 އޮކްޓޫބަރު 2021ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން 3 ނޮވެމްބަރ 2021 ވަނަ ދުވަހުގެ ހަވީރު 6.00 އާއި ހަމައަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް.
#ސަމާލުކަމަށް
Updated: 26 October 2021 - 00:40
#ސަމާލުކަމަށް !!!
24 އޮކްޓޯބަރ 2021
ދިއްގަރު ފަޅުތެރެއަށް ވަތް ރާގޮނޑި ބައިގަނޑު ބެއްދުމަށް ފަހު ދިއްގަރުގެ މަސްވެރިން ރަށަށް ލެފުން.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މުލަކަތޮޅު ދިއްގަރުގައި ކުރިއަށް ގެންދެވުނު ވާދެމުމުގެ މުބާރާތުގެ ތެރެއިން.
ރިހާކުރު އައިލެންޑް: ހޯމް ސްޓޭގެ ފުރަތަމަ ބްރޭންޑް
Rihaakuru Island : Home stay ge furathama brand The most trusted news source in the Maldives
#މިސްކިތުފަންޑު
މިސްކިތު ފަންޑަށް ފައިސާ ދައްކަވަންބޭނުންވާ ފަރާތްތަކުން ފާހަގަކުރެވިފައިވާ އެކައުންޓަށް ފައިސާ ޖަމާކޮއްދިނުން އެދެން. އަދި ކައިންސިލް އިދާރާ ހުޅުވިފައިހުންނަ ވަގުތު ކައުންސިލް އިދާރާގައި ފަންޑު ފޮއްޓެއް ބެހެއްޓިފައި ހުންނާނެ ވާހަކަ ދަންނަވަން.
ޑީސީޖޭ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ އެކަޑަމީ, މެދުކެނޑުމަކަށް ފަހު އަލުން ފެށުން
ޑީސީޖޭ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ އެކަޑަމީ ކުޑަ މެދުކެޑުމަކަށް ފަހު މިއަދު ފަށައިފިއެވެ. އެންމެ ފުރަތަމަ 2020 ވަނަ އަހަރު ގައި ޑީސީޖޭ ސްޕޯޓްސް ކްލަބުގެ އެކަޑަމީގެ ހަރަކާތްތައް ފެށި ނަމަވެސް ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އެފަހަރު އެކަޑަމީގެ ހުރިހާ ހަރަކާތެއްވަނީ މެދުކަނޑާލާފައެވެ . ނަމަވެސް މިއަދު އެކަޑަމީގެ ހަރަކާތްތައް އަލުން ފަށާފައިވާއިރު، ޖުމުލަ 97 ކުދިން , މިފަހަރު އެކަޑަމީގެ ހަރަކާތްތަކުގައި ބައިވެރި ވާނެއެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އެކަޑަމީއަށް ކުރީފަހަރެކޭ ވެސް އެއްފަދައިން މިފަހަރު ވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަ ކޮށްލަމެވެ. މިއީ ދިއްގަރުގައި ކުޅިވަރަށް ހާއްސަކޮށްގެން ކުރިއަށްގެންދާ، މިފަދަ ފުރަތަމަ އެކަޑަމީއެވެ.
ފޮޓޯ: އިބްރާހިމް ނަވާޝް ނަޝީދު
Dee Cee Jay Sports Club
"ޖެޓްސްކީ ޓުއަރ 2021" ގެ ބައިވެރިންނާއި އެކު މިއަދު ހަވީރު ދިއްގަރުގައި ކުރިއަށް ގެންދެވުނު އިވެންޓްގެ ތެރެއިން.
📷 އިބްރާހިމް ނަވާޝް ނަޝީދު
Maldives Jet Ski Tour 2021-North to South
Maldives Watersports & Recreation
Ministry of Tourism - Republic of Maldives
Secretariat of Dhiggaru Council
Dr Mausoom
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ އެންމެ ދެކުނަށް "ޖެޓްސްކީ ޓުއަރ 2021" ގެ ނަމުގައި ފެށި ޖެޓްސްކީ ދަތުރުގެ ބައިވެރިން މުލަކަތޮޅު ދިއްގަރަށް އައުން.
މި ބައިވެރިންނަށް މަރުހަބާ ދެންނެވުމަށް ޓަކައި ރަށުގެ ތުނޑީގައި ވަނީ ވަރަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދެވިފައި. މިއިވެންޓްގައި ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަ ކޮށްލަން.
📷 މުހައްމަދު ޒިޔާން އަހްމަދު / އިބްރާހިމް ނަވާޝް ނަޝީދު
Maldives Jet Ski Tour 2021-North to South
Maldives Watersports & Recreation
Ministry of Tourism - Republic of Maldives
Secretariat of Dhiggaru Council
Dr Mausoom
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި ރަށްތަކުގެ އަދަދު 88 އަށް އަރައިފި. މިފަހަރު ދިއްގަރު ވެސް ހިމެނޭ.
މުލަކަތޮޅު ދިއްގަރު ހިމެނޭހެން މިހާރު 88 ރަށަކަށް ޕީސީއާރު ނެގެޓީވް ޓެސްޓް އަކާ ނުލައި ދަތުރުކުރެވޭނެއެވެ. ދިއްގަރުގެ އިތުރުން މީމު އަތޮޅުން ދިއްގަރުގެ އިތުރުން މުލަކަތޮޅުން މިލިސްޓަށް ދެން އަރާފައި ވަނީ މ. ކޮޅުފުށި މ. މުލައް އަދި މ. ނާލާފުއްޓެވެ.
މަސްދަރު: ހަފްތާ
ރަށުގައި އަލަށް އުފެދުނު ޒުވާން ޓީމް، ''ކްލަބް ހާރމަނޯސް'' ގެ ފުރަތަމަ ފެނިލުން، ދިއްގަރު ފުޓްސަލް ދަނޑުން.
ރަށުގައި އަލަށް އުފެދުނު ޒުވާން ޓީމް ''ކްލަބް ހާރމަނޯސް'' ގެ ފުރަތަމަ މެޗް މިއަދު ދިއްގަރު ފުޓްސަލް ދަނޑުގައި ކުޅެފިއެވެ. މި މެޗްގައި ބައްދަލުކޮށްފައިވަނީ ކްލަބް ހާރމަނޯސް އާއި ދިއްގަރުން ހޮވާލެވުނު ބައެއް ކުޅުންތެރިންގެ ޓީމެކެވެ. މި މެޗް 2-7 ގެ ނަތީޖާއަކުން ކްލަބް ހާރމަނޯސް ކާމިޔާބު ކޮށްފައިވާއިރު މި ޓީމަކީ ދިއްގަރުގެ ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަ ކޮށްލަދޭނެ، އުއްމީދީ ޓީމެއް ކަމުގައި ގަބޫލުކުރެވެއެވެ.
ފޮޓޯ: އިބްރާހިމް ނަވާޝް ނަޝީދު