Sheikh Adam Nishan bin Ali Adam Al-Maaldheefee

Sheikh Adam Nishan bin Ali Adam Al-Maaldheefee

Graduate of Madhinah Islamic University in Al-Madhinathuh Nabawiyyah (BA)
Graduate of Al-Madhinah International University in Malaysia (MA).

13/08/2024

حسبنا الله ونعم الوكيل.

ފަލަސްތީނުގެ ޙައްޤުގައި ބަހެއް ބުނެލާއިރަށް އިންޒާރުތައްދީ އެޕޯސްޓެއް ވަގުތުން ރިމޫވްކޮށްލާ، އެކައުންޓް ތަޅުއަޅުވާނެކަމަށް އެބަ ބިރުދައްކާ.

‎މިއީ ފްރީޑޮމްއޭ، ހިއުމަން ރައިޓްސްއޭ، ފްރީ ސްޕީޗްއޭ، ޓޮލަރެންސްއޭ ކިޔާ އަޑުއުފުލާ މީހުންގެ ޙަޤީޤަތަކީ.

11/08/2024

يا الله! އިނބަ އިލާހު ފިޔަވައި، ފަލަސްޠީނުގައި އަނިޔާލިބި ބޮންއަޅައި ޝަހީދުކޮށްލެވެމުން އެދާ އަޅަމެންގެ އަޚުންނާއި އުޚްތުންނަށް، އެހީތެރިކަމާއި ނަޞްރާއި މަދަދު ދޭނޭ ހަމައެހެން އެއްވެސް ފަރާތެއް ނުވޭ.
ޔާ ﷲ! ޒަޔަނިސްޓު ޔަހޫދީންނާއި އެމީހުންނަށް ވާގިވެރިވެ އެހީތެރިވާ ކޮންމެ ބަޔަކު ނެތިކުރައްވައި ހަލާކު ކުރައްވާންދޭވެ.

ޔާ ﷲ! އެ ޔަހޫދީ ކާފަރު މުޖުރިމުންނާއި އެއްބައިވެ ބައިޢަތު ހިފައިގެން މުސްލިމު ޤައުމުތަކުގައި ތިބި، އިސްލާމްދީނާއި މިއުއްމަތަށް އަދި މުސްލިމުތަކުންނަށް ޚިޔާނާތްތެރިވެ، ޣައްދާރުވެފައިވާ ކޮންމެ ބަޔަކު ނިކަމެތި ކުރައްވައި އަދި ނެތިކުރައްވައި ހަލާކު ކުރައްވާށިއެވެ.

09/08/2024

ދަރުސް: އަޅުގަނޑުމެން އިސްލާމްދީނަށްޓަކާ ވީ ކޮން ޤުރުބާނީއެއް؟

Photos from Sheikh Adam Nishan bin Ali Adam Al-Maaldheefee's post 01/08/2024

މިއީ ފްރީޑޮމްއޭ، ހިއުމަން ރައިޓްސްއޭ، ފްރީ ސްޕީޗްއޭ، ޓޮލަރެންސްއޭ ކިޔާ އަޑުއުފުލާ މީހުންގެ ޙަޤީޤަތަކީ.
މިހެން ކޮށްލާ ޕޯސްޓެއް މިމީހުންނަށް ޓޮލަރޭޓް ކޮށްނުލެވޭ. ނުވިތާކަށް އެކައުންޓް ތަޅުއެޅުވުމަށް މިއޮތީ އިންޒާރު ލިބިފައި.

31/07/2024

ކާފަރު ޤައުމެއްގެ އިސްވެރިޔަކު މަރުވެއްޖެނަމަ, އެއީ އިސްލާމްދީނާއި މުސްލިމުންނާ ކިތަންމެ ޢަދާވާތްތެރިއެއްކަމަށް ވިޔަސް, ވަގުތުން ވަގުތަށް ޓްވީޓްތައްކޮށް ބަޔާންތައް ނެރޭ މުސްލިމު ޤައުމުތަކުގެ ވެރިންތައް މިއަދު ފަހެ ކޮބައިހެއްޔެވެ؟
އެފަދަ މީސްމީހުންނަށްޓަކައި، ހިމޭންކަމުގެ ސްކޫތާއި، ޤައުމީ ދިދައާއި ލައިގެން ހުންނަ ފަޓުލޫނުގެ ޒިބުކަމަށް ވިޔަސް، ބައިދަނޑިއަށް ތިރިކުރަން އަވަސްވެގަނެވޭއިރު، އިސްލާމްދީނުގެ ޙައްޤުގައާއި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރައްވަމުންދިޔަ މުޖާހިދެއް އަދި ލީޑަރެއް ޝަހީދުކޮށްލުމުން، އެކަން ކުށްވެރިކޮށްލަން ނުކެރުނު ތާނގައި ތައުޒިޔާ ކިޔާލާނެ ވެރިއެއް، މިޤައުމުގައިވެސް ހަމަ ނެތީތޯއެވެ؟
އެފަދަ ބަޔަކު ދެން އިސްލާމްދީނާއި ފަލަސްތީނުގެ ޙައްޤުގައި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ނޯޓް: މިޕޯސްޓުގައި ފަޓުލޫނުގެ ޒިބުގެ ވާހަކަ ގެނެވިފައި އެވަނީ މަޖާޒީގޮތުންނެވެ. އެއީ ދީނުގެ ޢަދާވާތްތެރިން މަރުވުމުން އެމީހުންނަށް އިޙްތިރާމްކޮށް ތަޢުޒިޔާ ކިޔުމަކީ ޙަރާމްކަމަކަށް ވެފައި އަދި ހިމޭންކަމުގެ ސުކޫތު ގެނައުމާއި ދިދަ ބައިދަނޑިޔަށް ތިރިކުރުމަކީވެސް ދީނުގައި ހުއްދަ ނޫން ކަންކަމަށް ވާއިރުވެސް، އެއްވެސް ޖެހިލުމެއް ނެތި އެކަންކަން ކުރާތީ، އެފަދައިން ލަދުވެތިކަންވެސް ނެތްކަން ބަޔާންކުރުމުގެ ގޮތުންނެވެ.

25/07/2024

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ. "މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ކުރިން އުޅުނު މީސްތަކުން ހަލާކުވެ ދިޔައީ މިހެންވެގެންނެވެ. އެބައިމީހުންގެ ތެރެއިން މަތިވެރި ޝަރަފުވެރި (ބޮޑުންގެ ތެރެއިން) މީހަކު ވައްކަން ކޮށްފިނަމަ އަދަބު ނުދީ ދޫކޮށްލައެވެ. އަދި އެބައިމީހުންގެ ތެރެއިން ދެރަ ނިކަމެއްޗަކު ވައްކަމެއް ކޮށްފިނަމަ އެމީހެއްގެ މައްޗަށް ޙައްދު ޤާއިމް ކުރެއެވެ."
(ޙަދީޘް ރިވާކުރެއްވީ: ބުޚާރީ އަދި މުސްލިމް)

قَالَ رسول الله ﷺ: " أَيُّهَا النَّاسُ ! إِنَّمَا هَلَكَ الَّذِينَ مِنْ قَبْلِكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ .‏ .‏ .‏" (رواه البخاري ومسلم)

18/07/2024
16/07/2024

ޢާޝޫރާ ދުވަހުން ލިއްބައިދޭ ފިލާވަޅުތައް:
1. ކިތަންމެ ބޮޑު ނުރައްކަލެއް ކަންބޮޑުވުމެއް ކުރިމަތިވި ނަމަވެސް އެކަމުން ސަލާމަތްވާނެ މަގު، ﷲ ތަޢާލާ ދައްވާނެކަން.
2. އެއްބައެއްގެ ސަލާމަތާއި ރައްކާތެރިކަމަކީ އަނެއް ބައެއްގެ ހަލާކުކަން އަދި ނެތިދިޔުން ކަމަށްވެސް ވެދާނެކަން.

Mobile uploads 16/07/2024
Timeline photos 16/07/2024

Dhivehin kureegai, A'aashooraa dhuvahu koh ulhunu baeh dheenaai khilaafu nuvatha bidhu'avee kankan, kureege baeh Rasraskalunge dhuvasvaru vanee kurun manaa kuravvaafa eve. Thireegai mivanee meege 318 aharu kureege eyge haadisaa ekeve.

Timeline photos 16/07/2024

Aashooraa Dhuvas - Muharram 10.

Timeline photos 16/07/2024
16/07/2024

އީމާންކަމުގެ ޙަޤީޤަތް: 1

އީމާންކަމަކީ ހަމައެކަނި ދުލުން ބުނެލައިގެން ފުދޭނޭ އެއްޗެއްނަމަ، ފިރްޢައުނުވެސް ވީހީ މުސްލިމެއްކަމުގައެވެ.
އޭނާއަށް ގެނބުން އައިސް ކުރިމަތިވިހިނދު، ތިމަންނަ މިހާރު ﷲ އަށް އީމާންވެއްޖައިމޭ ތިމަންނައަކީ މުސްލިމުންގެ ތެރެއިންވާ މީހެކޭވެސް ބުންޏެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتۡبَعَهُمۡ فِرۡعَوۡنُ وَجُنُودُهُۥ بَغۡيٗا وَعَدۡوًاۖ حَتَّىٰٓ إِذَآ أَدۡرَكَهُ ٱلۡغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِيٓ ءَامَنَتۡ بِهِۦ بَنُوٓاْ إِسۡرَٰٓءِيلَ وَأَنَا۠ مِنَ ٱلۡمُسۡلِمِينَ)
سورة يونس: 90

"ކަނޑު ހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسـرآءيـل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ."

ނޯޓް: މިފޮޓޯގައި މިވަނީ މޫސާ عليه السلام އާއި ކުރިމަތިލި ފިރްޢައުނުކަން ޔަޤީންކޮށް ޘާބިތުވާ އެއްވެސް ޞައްޙަ ދަލީލެއް އަދި ހެއްކެއް ނެތެވެ. والله أعلم.

14/07/2024

ޓްރަމްޕުގެ ކަންފަތުގެ ތަންކޮޅަކަށް ވަޒަނެއް އަރައި، ކުޑަކުޑަ ލޭފޮދެއް އޮހެރުމުން، ހުރިހާ މީޑިޔާތަކާއި ޤައުމުތަކުގެ ވެރިން ހީވަނީ މުޅި ދުނިޔެ ޤިޔާމަތްވެގެން އުޅޭހެންނެވެ.

ފަލަސްޠީނުގައި ކޮންމެ ދުވަހަކު އެދަނީ ކުދިބޮޑު އަންހެން ފިރިހެން އެތައް ބަޔަކު ޝަހީދުކޮށްލެވެމުންނެވެ.
އިއްޔެ އެކަނިވެސް ރެފިއުޖީން ދިރިއުޅޭ ޓެންޓްތަކަށް އެމެރިކާގެ ފަނާކުރަނިވި ބޮންތައް އަޅައި 90އަށްވިރެ ގިނަ މީހުން އެވަނީ އަނިޔާވެރިކޮށް ޝަހީދުކޮށްލާފައެވެ. މިކަން ދަންނަ، ކަންބޮޑުވާ ބަޔަކު އުޅޭހެންވެސް ހަމަ ހީނުވެއެވެ.

14/07/2024

(۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ) سورة المائدة, آية ٥١

"O you who believe! Take not the Jews and the Christians as Auliya' (friends, protectors, helpers, etc.), they are but Auliya' to one another. And if any amongst you takes them as Auliya', then surely he is one of them. Verily, Allah guides not those people who are the Zalimun (polytheists and wrong-doers and unjust)."

07/07/2024

އިސްލާމްދީނަށް ނުރައްކާތެރި، ޙައްސާސް ކަންތައްތަކެއް ހިމެނޭ ސަމޯއާ މުޢާހަދާގައި، ރިޒަވޭޝަންތަކެއް ލައިގެން، ސޮއިކުރިނަމަވެސް، މިފަދަ މުޢާހަދާއެއްގެ ސަބަބުން މާދަމާ ހިތާމަކުރަން ޖެހިދާނެއެވެ.

https://dhisalafiyyah.net/article/47562

Mobile uploads 06/07/2024

Aharu nimey dhuvahu nuvatha aa ahareh feshey dhuvahu kiyumah keerithi Nabiyyaa Sallallaahu 'Alaihi wasallam ge arihun evves dua eh saabithu vefa eh netheve. Adhi aharuge furathama dhuvahu hifumah vaki khaassa roadha eh nuvatha kuran jehey ehen vaki khaassa alhukameh ves saabithu vefa eh netheve. Adhi edhuvahah khaassa koggen thahuniyaa kiyai ulhumeh ves netheve.

Ehen kamun dheenugai shar'u kurevifai nuvaa kameh dheenee kamegge gothugai dheki nuvatha dheenee kamakah hadhaigen kurumakee boduvegenvaa bidhu'a ekeve.

'Aaishah (May Allah be pleased with her) reported:
Messenger of Allah (ﷺ) said, "If anyone introduces in our matter something which does not belong to it, will be rejected".
[Al-Bukhari and Muslim].
The narration in Muslim says: "If anybody introduces a practice which is not authenticated by me, it is to be rejected".

06/07/2024
02/07/2024

އެންމެ ފުރަތަމަ އުވާލަންވީ ރައްޔިތުންގެ މަޖްލިސްކަމަށް ޤަބޫލުކުރައްވަންތޯ؟

ނޯޓް: މިވީޑިއޯއަކީ, މިއަހަރުގެ އޭޕްރީލް 20 ގައި, "މަޖްލީހާ ބެހޭގޮތުން ނުދެކެވޭ ވާހަކަތައް...." މިނަމުގައި ޢާއްމުކުރެވިފައިވާ ވީޑިއޯއިން ނަގާފައިވާ ކްލިޕްއެއް.

ވީޑިއޯ އެކީ ބެއްލެވުމަށް:

YouTube Link:
https://youtu.be/OYyXPeDlEbA

01/07/2024

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، މިއީ ހަމަ ކޮންމެހެން ސޮއިކުރަން ޖެހޭ އެއްބަސްވުމެއްތޯއެވެ؟
ހުޅަނގުން އެބުނާ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަށް (ޝިރުކާ ކުފުރާއި އެންމެހައި ވިޔާނުދާ ފާޙިޝް ހަޑިމުޑުދާރު ޢަމަލުތަކަށް) އެއްބަސްވެގެން ނޫނީ ދިވެހިން ވިއްކާ މަސްކޮޅަށްވެސް ހަމައަގު ނުދޭން މިއޮއްހުރިހާ ދުވަހު ފިއްތުން ކުރިމަތި ކުރަމުންދިޔައީ ހަމަ މިމީހުންނެވެ.
އެހެންވީމާ ދެންވެސް އެކަންކަމަށް އެއްބަސްވެގެން ނޫނީ އެބުނާ ހަމައަގެއް ލިބޭނެ ކަމަށް ޤަބޫލުކުރެވޭތޯއެވެ؟

އަދި އެބުނާ ޑެކްލަރޭޝަންސް ނުވަތަ ރިޒަރވޭޝަންސް ތަކުގެ ސަބަބުން މިޤައުމުގައި އެއްޖިންސުން ގުޅުން ހިނގުމާއި އެނޫންވެސް އިސްލާމްދީނާއި ޚިލާފު ކަންކަން ކުރުމަށް، ޕްރެޝަރ ނުކުރާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއްތޯވެސް ސާފުވާން އެބަޖެހެއެވެ.

27/06/2024

ޓެކްސްގެ (ޓެކުމާއި ފޭރުމުގެ) މިނިޒާމަކީ ޑިމޮކްރަސީގެވެސް ނިމުންކަމަށް ވެދާނެ.

ހުޅަނގުގެ ގައުމުތަކުގައި ޒަމާނުއްސުރެ އޮތް ރަސްކަމާއި ފާދިރީން (ޕޯޕުން)ގެ އަނިޔާވެރި އަޅުވެތި ވެރިކަންތައް ނިމުމަކަށް ގެނެސް، ދީނާއި ދައުލަތް (ވެރިކަން) ވަކިކޮށް ސެކިއުލަރ (ޢަލްމާނީ) ޑިމޮކްރެޓިކް ނިޒާމްެގެ ވެރިކަމެއް ގާއިމް ކުރުމަށް މެދުވެރިވި އެންމެ ބޮޑު އެެއްސަބަބަކީ ރަސްކަމުގެ ފަރާތުންނާއި ފައްޅިތަކުން، ރައްޔިތުންގެ މައްޗަށް މަޖުބޫރުކޮށް، އެމީހުންގެ އާމްދަނީ އިންނާއި މުދަލާއި ވިޔަފާރިތަކުންނާއި ދަނޑުތަކުން ނަގަމުން ދިޔަ ބޮޑެތި ޓެކްސްތަކެވެ.

މިއަދު ޑިމޮކްރަސީގެ ވެރިކަން ހިނގާ ކޮންމެ ގައުމެއްގައިވެސް ރައްޔިތުންނަށް އެންމެ ބޮޑު ތުރާތަކެއް ކުރިމަތިވެފައި މިވަނީ، ރައްޔިތުންެ މައްޗަށް މަޖުބޫރުކޮށްެގެން ކޮންމެ ކަމަކުން ނަގަމުންދާ މިފަދަ ބޮޑެތި ޓެކްސް ތަކެވެ.

27/06/2024

Videos (show all)

ދަރުސް: އަޅުގަނޑުމެން އިސްލާމްދީނަށްޓަކާ ވީ ކޮން ޤުރުބާނީއެއް؟
އެންމެ ފުރަތަމަ އުވާލަންވީ ރައްޔިތުންގެ މަޖްލިސް ނޫންތޯ؟
އެންމެ ފުރަތަމަ އުވާލަންވީ ރައްޔިތުންގެ މަޖްލިސް ނޫންތޯ؟
މިދުވަސްތަކުގައިވެސް އުރެދެނީތަ - އަވަހަށް މިޅެންބައިތު ތަކުން ފަރުވާ ހޯދާލާ!
މިދުވަސްތަކުގައިވެސް އުރެދެނީތަ - އަވަހަށް މިޅެންބައިތު ތަކުން ފަރުވާ ހޯދާލާ!YouTube Link:https://youtu.be/iKWWdLSK_Hw
Hajj Dhuvas…!
އިޒްރޭލާ ގުޅުންކަނޑާލަން ބުނީމާ މިދައްކަނީ ކޮން ބަހަނާތަކެއް؟
ފަލަސްޠީނުގެ ޙައްޤުގައި ޔަހޫދީ އިޒްރޭލާ ގުޅުންކަނޑާލަން ބުނީމާ މިދައްކަނީ ކޮން ބަހަނާތަކެއް؟
Hajjun libbaidhey filaavalhu thah!
މިއަދުގެ ފަލަސްތީނު ރެލީ…Nala Taxi
އަޕްޑޭޓް (24-04-26): މިރޭ މިސްކިތުގައި އެހެން ދަރުސްއެއް އޮތުމުން މިބައްދަލުވުން އެހެން ރެޔަކަށް މިހާރުވަނީ ފަސްކުރެވިފަ...
މަޖްލީހާ ބެހޭގޮތުން ނުދެކެވޭ ވާހަކަ...YouTube Link:https://youtu.be/OYyXPeDlEbAނޯޓް:މިވީޑިއޯގައި ނޫޙު ސޫރަތުގެ 23 ވަނަ އ...

Website