Dr. Mohamed Jameel Ahmed

Dr. Mohamed Jameel Ahmed

This is the Official page of Former Vice President of the Maldives

11/10/2024

‏މިހާރު އެހުންނެވީ ރަނގަޅަށް އޮރިޔާން ކަޝްފުވެފައި! ބައެއް މީހުން ދީން ބަދަލު ކުރާހެން، ⁦‪‬⁩ ގެ ވަޢުދުތަކަކީ ބަދަލު ވާއެއްޗެއް. މިހާރު ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވިއްކި އެއްވެސް އެއްޗެއް އަތުގައި ނެތް. ވެރިކަމުގެ ދަހިވެތިކަމުގައި، 9 ޙަސަން ރަސްގެފާނެކޭ ތަފާތެއް ނެތް. ޢައްދާރެއް.

09/10/2024

ވެރިޔަކު މިވީ ޚިޔާނާތް! ހެދި ބޮޑެތި މާސިންގާ ދޮގުތައް:

އިންޑިއާގެ އެއްބަސްވުންތައް
އިންޑިއާ ސިފައިން
އުތުރު ތިލަފަޅު
ޑޯނިޔާ
ކޮންސިއުލޭޓް

މިހެންވީމަ ‪‬ ދެ މޫނުގެ ވެރިއަކަށްވަނީ. މިއީ މިސަރަޙައްދުގައި އުފެދުނު ތަޞައްރަފު ނުފުދޭ ވެރިއެއް ގޮތަށް ސިފަކުރޭ. ދިވެހިން ލަދުން އިންޑިއާ މީހުންނަށް ދައްކާނެ މޫނެއް ނެތް!

08/10/2024

ރަތް ރޮގު ފެނިއްޖެ! ޕީއެންސީއިން ވަކާލާތު ކުރާ ޤައުމިއްޔަތު މިދެއްކީ. އެންމެ ފަހުން ކުރީގެ ރައީސް ‪‬ ވެސް މިއަދު މިވީ ‪‬ އާ އަޅާބަލާއިރު ހީރޯއަކަށް. މުއިއްޒު މިދޫކޮށްލީ ދިވެހި ޤައުމުގެ ހުރިހާ ފަޚުރެއް. މިދިޔަ ދުވަސްތަކުގައި ވަކާލާތު ކުރި ހުރިހާ ކަމެއް. އެނގިގެން މިދިޔައީ މުއިއްޒު ސަލާން ޖެހުމުން އަގު ދައްކަން މިޖެހުނީ ދިވެހި ރައްޔިތުންކަން. މޯގޭޖް ކުރީ ދިވެހި ޤައުމުގެ އިސްތިޤްލާލް!

05/10/2024

‏ތިމާއަމިއްލަ ނަފްސު އިސްލާޙުކޮށް އާންމު ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ! މަގާމުގައި ހުންނެވީތީ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ.
‏ހުސްގޮނޑި،
‏ރ.ޔާމީނު މިނިވަންކުރުން،
‏އިންޑިއާ ސިފައިން،
‏ގެއްލުނު ކަނޑު،
‏މާލޭ ރައްޔތުންގެ ފްލެޓްތަކާ ބިންތައް،
‏3 ބްރިޖް، ރަސްމާލެ ޓަނަލް،
‏ވަޢުދުފޮތް
‏މަނިކުފާނު އުފަންކުރި، ފަތުރަމުންދާ ދޮގުތަކުން ބައެއް!
‏މަނިކުފާނުގެ ސަބަބުން ދޮގާ މަކަރު ހެދުން އެއީ މިއަދު ގައުމީ ރުކުނަކަށް ވެއްޖެ! މަނިކުފާނުގެ ރޯލް މޮޑެލްއަކީ އަދުރޭ! ވައްކަން، ހުތުރު އެއްޗެހި ކިއުން އެއީ ތިޔަ ސަގާފަތުގެ ސުންނަތް!

30/09/2024

މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް ވެސް، ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށޭ އަމުދުން!

2023 ގައި މި ޙަގީގަތުގައި ކޮޅުފައިން ޖަހައި ތަޖްރިބާއެއް ނެތް، ޢިލްމެއް ނެތް ބަޔަކާއިއެކު ގޮންޖެހީ ދިވެހި ގައުމުގެ އުއްމީދަށް، ރ. ޔާމީނަށް! الحمدلله؛ އެ ނުބައި ރޭވުންތައް އެދަނީ ފުނޑުފުނޑުވަމުން!

26/09/2024

މާތް ކަނލާކޯ! އަޖައިބުވެ އަންތަރީސްވެއްޖެ.

ވެނެޒުއޭލާ އަދި ކިއުބާ ފަދަ ޤައުމުތަކުގެ ރައީސުން ދައްކާ ޒާތުގެ ވާހަދައްކަން ރާއްޖެއަށް އޮތީ ކޮން ހައިސިއްޔަތެއް؟ އިސްކޮޅާ ނުބައްދަލު ވާހަކަ ދެއްކީމަ މުއްސަނދި އަދި ނިއުކްލިއަރ ބާރުތައް ބިރުން ސިހޭނެ؟
5 ލައްކަ މީހުންނަށް ކާން ނުދެވިގެން، ނާށިގަނޑު ހިފައިގެން ސަލާން ޖަހަމުންދާއިރު، މިޒާތު ވާހަކަ ދެއްކީމަ ‪‬ އަކީ ތަޞައްރަފު ނުފުދޭ މީހެއް ގޮތަށް ދެކޭނީ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ތިބޭނީ ހޭން!

25/09/2024

ނިހާޔަތަށް ބޮޑާވެ ދެ އަތުން ދެ ފޮތް ހިފައިގެން އ.ދ.ގައި ވެރިންނަށް ލެކްޗަރ ދީނީ ކުލާސް ރޫމެއް ކަމަށް ހީކޮށްގެންބާ؟ ވާހަކައެއް ބިނާކުރާ ގޮތް، ތަނާއި ވަގުތާއި އަޑުއަހަންތިބަޔަކަށް ބެލުން އޮވޭ! މިވީ އެތަނުގެ ކުޑަކުއްޖާއަށް. ޖޯކަރަކަށް. ވޯޓް ހޯދަން ދޮގު ހެދިކަމަށް އިޢްތިރާފު ވުމުން އެއްވެސް ޕްރިންސިޕަލެއް ނެތް ހުސް އަނގައިގެ ވެރިއެއް ކަމަށް ދުނިޔެވެސް ދެކޭނެ.

Photos from Dr. Mohamed Jameel Ahmed's post 18/09/2024

‏މިވަގުތު އޮތީ ހަރުދަނާ ފިޔަވަޅު އަޅުއްވައި ކުރިމަތީގައި އޮތް ބޮޑު އިޤްތިސާދީ ނުރައްކަލުން ސަލާމަތްވުން. ސިޓީތައް ހިފައިގެން ދަތުރު ކުރުމަކުން، ފޮށިފުރާ ފައިސާ ދޭނެ ޤައުމެއް ނެތް! އިސް ނަންގަވާ ، ވަޒީރުން، ރައްޔިތުންގެ މަޖްލިސް، ބޭރު އެމްބަސީތައް މުސާރައިގެ 20 ޕަސެންޓްވަރު ކުޑަކުރައްވާ! މުރައިދޫގެ އުވާލައްވާ! މިއީ ރ. ⁦‪‬⁩ ގެ ސީރިއަސްކަން ރައްޔިތުންނަށް ފެންނަން ވީވަގުތު. ނޫނީ އޮޑި ފެތޭ ތަން ބަލަން ތިބެންވީބާ؟

Photos from Dr. Mohamed Jameel Ahmed's post 30/08/2024

The situation is worsening every year, and a virtually lawless society looms on the horizon. The beautiful islands in many parts of the country are no longer safe and secure. is no different; theft, robbery, and burglary are rampant. We have experienced multiple burglaries at our properties, and over the past three days, there has been damage all around our homes, government projects, and many local businesses, with a nonchalant attitude from the local council and police.

The question is, are we doing enough to thwart and deter these thieves and criminals? Councils across the nation boast big plans, enticing tourists and craving further investment, yet how they manage small community matters, and how effective the governance mechanisms in and around the country will significantly impact investments, communities, and businesses.

The truth is that many councils are complacent, busy signing MoUs with fellow councils with a carefree attitude. Few people trust the councillors and, significantly, the leadership of the mayors. is in dire need of law and order, better coordination between the police and council, and committed, dedicated people in the seats of governance. People who treat these jobs as opportunities for self-promotion, cheap publicity, and useless meetings are failing these small communities on these beautiful, high-potential islands.

27/08/2024

މިޒާތުގެ ވާހަކަތައް ވިޔަފާރި ބޭންކަކާއި މެދު ފެތުރުމަކީ ތިމާގެ ތަޞައްރަފު ނުފުދޭކަން. ކޮމާޝަލް ބޭންކެއްގެ ނިންމުންތަކަކީ ޕްރޫޑެންޓް ބިޒްނަސް އެސަސްމަންޓްގެ މައްޗަށް އޮންނަ ކަމެއް. ހީއެއް ނުކުރަން ކުޑަ ބޭބީއެއް ގޮތަށް ކޮންމެ ކަމެއްގައި ރިއެކްޓް ކުރާނެކަމަށް.

އަމިއްލަ ޕާޓީ ތެރޭ ހިންގި މުއާމަލާތް ގޯސްކޮށް ދިއުމުން އަންހެނަކު ސިހުރު ހެދިޔޭ ކިޔާ މުޅި ދުނިޔޭގައި ދިވެހިން ލަދު ގަންނަވާލައިފި.

މިފަހަރު، ޚަރަދު ކުޑަނުކޮށް، ވަޒީފާތައް ބަހަމުން، އެމްބަސީތައް ފުރަމުން، ފެހި ސިގްނަލޭ، ޑޮލަރު މައްޗަށް ނުދާނޭ، ލިމިޓް އުވާލަނީ ކިޔާ އޮޅުވާލަނިކޮށް، މިކަން ދިމާވުމުން ބަޢާވަތޭ ބުނެ މުޅި ދުނިޔޭގެ ކުރިމަތީ ދިވެހި ގައުމީ ބޭންކު ފުނޑާމިލީ.

މުއިއްޒު އަކީ ރަނގަޅު ވެރިއެއްގެ ބެލުމުގެ ދަށުން ބޮޑުވަރަކަށް ވަޒީރުކަން އެކަނި ކުރެވޭނެ މީހެއް. މިދެވުނީ މޮޔައެއްގެ އަތަށް ކަނޑި!

22/08/2024

ރާއްޖޭގައި އާގާނޫނު އަސާސީގެ ދަށުން ފެނުނު އެންމެ އިތުބާރު ކުޑަ އެއް މުވައްސަސާއަކީ އަދިވެސް ޕީޖީ އޮފީސް. އުސްތާޛު ޝަމީމަކީ ވ. ފޮނިއުއްމީދު ކުރެވުނު ބޭފުޅެއް. މަގާމުގައި ފެނުނީ ސަރުކާރު ބޭނުންވިގޮތަށް ފުށްގަނޑު މޮޑުނުތަން.

ރ. ޔާމީނުގެ މައްސަލައަކީ ޕީޖީ ޝަމީމުގެ ކަޅު ސަފުޙާއެއް. ދަޢުވާކުރުމާ، އިސްތިއުނާފު ލަސްކުރުމާ، އަދީބާ ޒިޔަތާއިއެކު ހެދplea bargain އަކީ މުޅިންވެސް ވަކި ނުފޫޒެއްގައި ހިންގެވި due process އާ ކަނޑައެޅިގެން ތަޢާރަޟް ކަންތައްތަކެއް. އެކަމަކުވެސް އުސްތާޛުޝަމީމާމެދުވެސް ޢަމަލުކުރަން ވާނީ އިންސާފުވެރި އިޖްރާއަތްތަކުގެ ތެރެއިން.

21/08/2024

Please find below my statement on the restarting of trials related to President Yameen:

“This government was brought in to stop the persecution of President Yameen, as that was the mandate given by the people. Ironically, today we see President Yameen dragged to court in a manner reminiscent of the previous government—violating the people’s mandate to free him.

From the start, it’s been selective prosecution as everyone except President Yameen is free today—clear evidence of state interference in the Maldives’ criminal justice system.

This betrayal will be etched in history as a testament to broken promises by President , who has completely reneged on his campaign pledges—a man who deceived both his political mentor and his supporters.

Political trials and sentences cannot silence leaders. Despite warnings from the ruling camps, our fight for democratic values, a better society, and sovereignty remains unwavering. The final outcome will be worth the wait, President Muizzu!

The winds of change in Thailand remind us that true power lies with the people, and they can decide at any moment. President Yameen must be released immediately and unconditionally, with all charges against him dropped as well.”

13/08/2024

The best and the trendiest hashtag is !

05/08/2024

ފެނިގެން މިދަނީ ބާރު އޮންނަނީ އަބަދުވެސް ރައްޔިތުންގެ އަތްމަތީގައިކަން.
މިވެރިކަމަށްވެސް ‪‬ ރައްޔިތުން ގެނައީ ސީދާ ރައީސް ޔާމީނަށް އިތުބާރު ކުރައްވާ. މިއަދު ރޯލް މޮޑެލް މެދުވެރިކޮށް ވަގަށް ގޮވިދާނެ.އަނިޔާވެރިވެ ޝަރީއަތަށް ގެންދެވިދާނެ.އެކަމަކު ފަހުބަސް ބުނާނީ ރައްޔިތުން.

03/08/2024

ދުރުގައި ތިބޭ މީހުންގެ އެތައް ބާވަތެއް ވެއެވެ. ބައެެއް މީހުން ވަރަށް އިޚްލާޞްތެރިއެވެ. އަނެއް ބައި މީހުން ފުރުޞަތެއް ހޯދައިކަހަލައެވެ. މޮޅުވާހަކައެއް ޙިއްޞާ ކޮށްލުމަށެވެ. ސޯޝަލް މިޑިއާގައި ލައިކް ހޯދުމަށެވެ. މަގްބޫލު ވާހަކައެއް ޙިއްސާ ކުރެވުމުގެ ހިތް ހަމަ ޖެހުން ހޯދުމަށެވެ.
ބައެއް ސިޔާސީ މީހުން ރޯލް މޮޑެލްއަށްވާގޮތަށެވެ. އެމީހުން އިއްޔެ ގޮވި ހުތުރު އެއްޗެހި އަދި ވަލްގަރ މިއަދު ބަދަލުވީ މާތް ބަސްތަކަށްބާވައެވެ. އެފަދަ މީހުންނަށް' ކިރިތި ގުރުއާނުގެ

﴿60﴾ هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ހެޔޮކަމުގެ ޖަޒާއަކީ ހެޔޮ ސަވާބުކަމުގައި ވާނެ ހެއްޔެވެ؟ މިއިލާހީ ބަސްފުޅު ގަބޫލް ކުރުމުގެ ބަދަލުގައި، ހެޔޮކަންކޮށްދިން މީހާއަށް ނެތި ނުބާ ގޮވާ، ވަގަށް ގޮވާއިރު އެއްކަލަ ރައިޓް އަޕްހޯލްޑް ކުރާ މީހުންނާ ވަލިއްޔުލް އަމްރާ ހުންނެވީ އަތްޖަހަން ނޫންބާއެވެ؟ އެފްބީގައި ނަމޫނާ މުޖްތަމައަށް ވަކާލާތު ކުރާ ފަރާތްތައް އެއިރު ކޮބައި ބާއެވެ؟ އެއީ މިއަދުގެ މަތި ފަނޑިއެވެ. މިވަނީ ކީރިތި ގުރުއާނުގެ

﴿43﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا
މިއާޔަތުގެ ހަމައެކަނި
لا تقربو الصلاة. މިހިސާބަށް ކިޔަވާފަ ހުއްޓައިފިނަމަ ވާގޮތަށެވެ. އެއިރުން ނަމާދު ނުކުރަން މާނަކުރެވޭ ގޮތަށެވެ. އެކަމަކު މުޅި އާޔަތް ކިއުމުން މަފްހޫމަކީ ވަކި ޙާލަތްތަކެއްގައި ނަމާދު ނުކުރުން ޞަރީޙަ ވެއެވެ.

މިއީ ކޮންޓެކްސްޓުން ބޭރު މާނަ ނެގުމެވެ. ތިރީގައި މިވާ އުރުދޫ މުޙާވިރާ ގައިވާ ގޮތަށް ‘ ބާތުކާ ބަތަންގަޅު’ ހެދުމަކީ ބަހެއް ގެ ނުބައި ޓްވިސްޓް ނެގުމެވެ. ސިޔާސީ ވެއްޖެނަމަ ކިތައްމެ މައްޗަކަށް ދިޔަޔަސް. މަޖާޒީ ވާހަ، ހިއުމަރ ނަގާނެއެވެ. ނުފެންނަނީ ދުރު ތިބޭ މީހުން އަވަސްއަވަހަށް މިފަދަ ކަންތައް ބޮޑުކުރަން މަސައްކަތްކުރާއިރު، އަސްލު އިޝޫތަކުގައި އަނގައި ބުނާތަނެވެ. ޚުޝާމަދު ކޮށްގެން ކަމެއް ހޯދުމުގެ ނިޔަތް މާގިނައީއެވެ. އިޚްލާސްތެރިން މަދީއެވެ. އޮޕަޗުނިސްޓުން ގިނައީއެވެ.ސިޔާސީ މަސައްކަތް ނުކޮށްތިބެ، ސިޔާސީ މަގާމް ހޯދަން ދަހިވެތިވާ މީހުން ގިނައީއެވެ!

01/08/2024

اللهم اغفر لهم وارحمهم برحمتك يا أرحم الراحمين

30/07/2024

ވަޢުދުވީ އަދުލުވެރިކަން ގާއިމް ކުރަން. ހެޔޮލަފާ ވެރިކަމެއް ކުރަން!

ލިބުނީ ރ. ނަޝީދު !

ލިބުނީ ބުރުމާ ގާސިމް!

ލިބުނީ ކާނަލް ނާޒިމް !

ލިބުނީ އެމްޑީޕީ ގެ ދެވަނަ ވަރޝަން!

29/07/2024
Photos from Dr. Mohamed Jameel Ahmed's post 25/07/2024

ރ. މުއިއްޒަކީ ކަނޑައެޅިގެން ދޮގުހަދާ ބޭފުޅެއް!
ތަކުރާރުކޮށް ކެމްޕެއިނުގައި ވަކިވާހަކައެއް، ބާރު ލިބުމުން ވައުދާއި ޚިލާފުވާ ބޭފުޅެއް!
އެނގިގެން މިދަނީ ރ. ޔާމީނާ ހުރި ތަފާތު. އެއްބޭފުޅަކު ބްރިޖް ހެއްދެވީ، ޓެކްސް ނުނަންގަވާ ޚިދުމަތް ދެއްވި!
ރ. މުއިއްޒަށް އެއްވެސް މުދަލެއް ދައުލަތަށް އިތުރު ނުކުރެވުނު!

އެކަމަކު ރ. ޔާމީނު ހެއްދެވި ތާރީޚީ ބްރިޖް އަދި ހިލޭދެއްވި ޚިދުމަތުން މިއަދު ރ. މުއިއްޒު ފީ ނަގަނީ. ރ. ޔާމީނު ހިއްކެވި ހުޅުމާލޭ ބިން ރ. މުއިއްޒު ރާޖޫ އަށް މިއަދު ވިއްކާލީ! މިފެންނަނީ ރ. ޔާމީނުފަދަ ވިޝަނަރީ ލީޑަރަކާ، ނުބައި ރޭވުމުން ވެރިކަން ޕާޓީއާ ވެރިކަން ޖަހައިގަތް ފަރާތަކާ ހުރިތަފާތު! މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ!

ރައްޔިތުން މިއަދު ގަބޫލް ކުރަނީ ރ. މުއިއްޒަކީ އިތުބާރު ނުކުރެވޭ، ވެރިކަން ކުރުމުގެ ހުނަރެއް ނެތް، ރައްޔިތުންނަށް އޮޅުވާލާ ތަކުރާރުކޮށް ދޮގުހަދާ ވެރިއެއްކަމަށް!

Photos from Dr. Mohamed Jameel Ahmed's post 15/07/2024

ރިޔާސީ އަދި މަޖްލިސް އިންތިޚާބުތަކާ ދިމާކޮށް އެތަކެއް އެއަރޕޯޓެއް، ބްރިޖްތައް، ބަނދަރުތައް، ފްލެޓް އަދި ސިފައިން/ފުލުހުންގެ މުސާރަ ޑަބަލް. އެކަނިވެރިމައިންނަށް 12000 ރުފިޔާ ދިނުމުގެ ވައުދު. ސިޔާސީ މަގާމު، ޑެޕއުޓީން 700އަށް ވުރެ ގިނަ ނުކުރުމުގެ ވައުދު. ސ. މިނިސްޓަރުން އަދަދު ނޭގޭހާ ގިނަ. އިތުރު 4 ވުޒާރާ އުފެއްދި. އަމިއްލަ ބަފައިބެ ބޮޑު މުސާރައިގައި އެމްބަސީގައި. ރ. އޮފީސް ވެސް ފުރިފައި. ކަނޑައެޅިގެން ރައްޔިތުންގެ ފައިސާގައި ވެރިން ނާޗަރަންގީ ކުޅޭއިރު ތިޔައީ ބޮޑު އޮޅުވާލުމެއް. ނިފާގަތުގެ އަމަލެއް! ސަރުކާރާއި އެމްބަސީތަކާއި އެސްއޯއީތައް ކުޑަކުރޭ. ނޫނީ ނުވިކަމަށް ބަލާ ގެއަށް ވަޑައިގަންނަވާ ރައްޔިތުންނަށް އިންތިޚާބަކަށް ފުރުސަތު ދެއްވާ!

Photos from Dr. Mohamed Jameel Ahmed's post 13/07/2024

This is an example of a fair, impartial, and competent judicial system. The criminal trial for involuntary manslaughter against Hollywood actor Baldwin was dismissed by the judge, who stated that there had been errors by the prosecution in handling of evidence, which, according to the judge, had compromised the fundamental fairness of the case.

Compare this to our own judiciary in Maldives, which fails to understand basic fairness in a criminal trial, including the handling of evidence, the competence of witnesses, and the principles of res judicata, as seen in the trial of President Yameen.

10/07/2024

Dr. ’s government is facing unprecedented economic challenges, including a sharp rise in inflation and declining revenues. In his own words, the government must be downsized, and difficult measures shall be taken to reduce costs.

Yet, there is no stopping the ever-expanding government, political appointees, and the giving of plum jobs to his close associates! His words are so contradictory and confusing as he continues to splash taxpayer money.

Videos (show all)

ވެރިޔަކު މިވީ ޚިޔާނާތް! ހެދި ބޮޑެތި މާސިންގާ ދޮގުތައް:އިންޑިއާގެ އެއްބަސްވުންތައްއިންޑިއާ ސިފައިންއުތުރު ތިލަފަޅުޑޯނިޔާ ...
މުޅި ޙަޔާތުގެ އެންމެ ބޮޑު މަގާމު ހޯދީ ރ. ޔާމީނުގެ ޝަރީޢަތް ވިއްކައިގެން. މިއަދު ދީނީ އަގީދާ އަކީ ދޮގުހެދުމާ، ޗާލާކީވުމާ ...
ޑރ. މުއިއްޒުގެ ރޯދަމަހުގެ ނަޞޭޙަތް އޮތްގޮތުން ޚުދު އެމަނިކުފާނަށް ރޯދަމަހު ވާހަކަ ދެއްކުމުގެ މަގު ބަންދުވެއްޖެ!
ރައީސް މުއިއްޒު ތެދުވެރި ނޫންކަމަށް ގިނަ ރައްޔިތުން މިއަދު ގަބޫލްކުރޭ. އަދި ރައީސް ޔާމީނުގެ އިސްތިއުނާފް ލަސްވުމުގެ ފުރި...
ޑރ. މުއިއްޒު އަކީ ދޮގުހަދާ ނުލަފާ ނުބައި މީހެއް. ރ. ޔާމީނުގެ އިސްތިއުނާފުގައި ވަނީ އަތް އަޅާފައި. މި ރަމަޟާން މަހުގައިވެ...
ބޮޑު ވަޢުދު!
މިއަދު  މިއީ  ރ.  ޔާމީނުގެ  މައްޗަށް  ކްރިމިނަލް  ކޯޓުން  ޙުކުމް  ކުރިތާ  1  އަހަރު  ފުރުނު  ދުވަސް.  މިއީ  ޙަރާން  ޙުކު...
2018  ގައި   އިބޫ ގެ  ވާހަކަ  ހުރި  ގޮތް.
އިބޫ  2018  ގައި  ވެރިކަމަށް  އަންނަން  މިހެންވެސް  ބުނި.  ރައީސް  ޔާމީން  ދަރަނި  ނަގާ  ވާހަކަ. 40  އަހަރު  ތެރޭ  4  ރަ...
އިބޫ  ވެރިކަމަށް  އަންނަން  2018  ގައި  މިހެންވެސް  ބުނި.  މިހާރު  2000  އަށް  ވުރެ  ގިނަ ސިޔާސީ  މަގާމް  އުފައްދައިފި. ...

Website